rivethi.com

ރިބާގެ މުޢާމަލާތްތަކުން ލިބޭ ފައިސާ
ﷲ ތަޢާލާ ވަނީ ރިބާ ޙަރާމްކުރައްވައި ވިޔަފާރި ހުއްދަކުރައްވާފައެވެ. އިސްލާމްދީނުގެ ގިނަ ދަންނަބޭކަލުންނާއި، މިހާރު އިސްލާމީދުނިޔޭގެ ބޮޑެތި މަޖިލިސްތަކުން ބަޔާންކުރައްވާ ގޮތުން، ބޭންކް އިންޓަރެސްޓަކީ ރިބާއެކެވެ. އެއީ ރިބާ ނޫންކަމަށް ވިދާޅުވާ ބޭފުޅުންގެ ތެރޭގައި ބުރަދަނެއް ހުރި ބޮޑު އެއްވެސް ޢިލްމުވެރިއެއްވާކަމެއް އެނގިފައިނެތެވެ. ރިބާކައި، ރިބާ ހުއްދަކޮށް ހަދާ މީހުންނާ ﷲ ހަނގުރާމަކުރައްވާނޭ ކަމަށް އިންޒާރު ދެއްވާފައިވެއެވެ.

ރިބާގެ ސަބަބުން ވަރަށް ބޮޑެތި އިޖްތިމާޢީ މައްސަލަތައްކުރިމަތިވެއެވެ. އެންމެ ފަހުން އޭގެ ނަތީޖާ އެއްގެ ގޮތުން މީހާ އިފްލާސްވެ، ބިކަހާލުގައިޖެހިފައިވަނީ ކިތައްމީހުންތޯއެވެ؟

އާދެ! ރިބާއިން ލިބިފައިވާ ފައިސާ އަށް ހަދަންޖެހޭނެ ގޮތަކާ ބެހޭގޮތުން ވަރަށް ގިނަ ފަރާތްތަކުން ސުވާލުކުރައްވަމުން އެބަދެއެވެ. މިހެންކަމުން އެބޭފުޅުންނަށް މަޢުލޫމާތު ފޯރުކޮށްދިނުމުގެ ގޮތުން ދަންނަވަމެވެ.

ދަންނަބޭކަލުން ވިދާޅުވަނީ ރިބާގެ ގޮތުގައި ލިބިފައިވާ ފައިސާ ބެންކަށް ދޫނުކުރުމަށެވެ. އެއީ އެމީހުން އެހޭދަކުރާނީ ހަމަ އެފަދަ ގޮތަކަށްކަމަށްވާތީއެވެ. ވީމާ ތިމާގެ އެކައުންޓަށް ޖަމާވެފައިހުންނަ ރިބާގެ ފައިސާ އެކައުންޓުން ނަގައި އިންސާނީ ޢާއްމު ޚިދުމަތްތަކަށް ޚަރަދުކުރުމަށް ޢިލްމުވެރިން ފަތުވާ ދެއްވާފައިވެއެވެ. މާތް ނޫން ކަންތައްތަކަށެވެ. މާތް ކަންކަމޭ  މިދަންނަވަނީ މިސްކިތް އެޅުން، ޤުރްއާންކްލާސް އެޅުން، ނުވަތަ މިނޫންވެސް ﷲ ގެ ވަޖުހުފުޅު އެދިގެން ކުރެވޭ މިފަދަ މާތް ކަންކަމެވެ.

މިފަދަ ކަންތައްތައް ފިޔަވާ، ޢާއްމު ޚިދުމަތްތައް މިސާލަކަށް، މަގުހެދުން، ނަރުދަމާ، އިންޖީނު ބެހެއްޓުން މިފަދަ ކަންކަމަށް ހޭދުކުރުން ހުއްދަމުގައި ޢިލްމުވެރިން ވިދާޅުވެއެވެ. މިގޮތުން ހޭދަކުރާއިރު ނިޔަތަކަށް ވާންޖެހޭނީ ޙަރާމް އެއްޗަކުން ޠާހިރުވެ، އެއިން ސަލާމަތް ވެގަތުމެވެ. ޞަދަޤާތްކުރުމުގެ ނިޔަތެއްނޫނެވެ.

މާތް ﷲ އިރާދަކުރެއްވިއްޔާ އިސްލާމީ ބޭންކެއް ރާއްޖޭގައި ވަރަށް އަވަހަށް ޤާއިމު ކުރެވޭނޭ ކަމުގެ ޚަބަރު އެވަނީ ދެއްވާފައެވެ. މިއީ އަޅުގަނޑުމެން ދެކެމުން އަންނަ ވަރަށް ބޮޑު ހުވަފެނެކެވެ. މިފަދަ ކަމެއް ވެގެންދިއުމަކީ ވަރަށް އުފާވެރިކަމެކެވެ. މިފުރްޞަތުގައި މިކަން ވީހާވެސް އަވަސް ފުރްޞަތެއްގައި ޙާޞިލުކުރެވޭނޭ މަގު ތަނަވަސްކޮށްދެއްވުމަށް ސަރުކާރަށް އަޅުގަނޑު ގޮވާލަމެވެ.

މީހެއްގެ އަންބަކާއެކު ގުޅުމެއް ހިންގައިފައިވާނަމަ
އެންމެ ފުރަތަމަވެސް ދޭން އޮތް ނަޞޭޙަތަކީ މިފަދަ ވިޔާނުދާ ފާޙިޝް ޢަމަލުތަކުން ސަލާމަތްވެ ދުރުގައި ތިއްބަވާށެވެ. މިހެނީ މިފަދަކަންކަމަކީ ބޮޑެތި ފާފަތަކެވެ. އެފަދަ ނުބައި ޢަމަލެއްގެ މަތީ ހުއްޓާވެސް މަރު ތިމާޔާ ކުރިމަތިލުމަކީ ދުރުކަމެއްނޫނެވެ.

މީހެއްގެ ޙައްޤަކަށް އަރައިގަނެވިފައިވާނަމަ އެ ޙައްޤުގެ ވެރިފަރާތުން މަޢާފަށް އެދެން ޖެހޭނެއެވެ. ތައުބާވެސް ވާންޖެހޭނެއެވެ. އެހެންނަމަވެސް ތިޔަވިދާޅުވި ޙާލަތުގައި މަޢާފަށް އެދުމުގެ ސަބަބުން މަޞްލަޙަތު ގެއްލިދާނެކަމުގެ ބިރުހީވާނަމަ ޙައްޤުގެ ވެރިޔާއަށް ހެޔޮދުޢާކޮށް އަދި ތިމާގެ ބޮލުގައި އެޅިފައިވާ އެހެންމީހުންގެ  ޙައްޤުތައް އުފުއްލަވައިދެއްވުން އެދި ﷲގެ ޙަޒުރަތުގައި ދުޢާކުރުން ހުއްޓެވެ.

ތައުބާވުމަކީ ކުރެވެމުންދާ ފާފައިން ދުރުވެ ﷲގެ ޙަޟްރަތަށް ރުޖޫޢަ ވެގަތުމެވެ. އަޅާ އަށް ފާފަކުރެވުމުން އޭނާ ތައުބާ ވެ ﷲގެ ޙަޟްރަތަށް ރުޖޫޢަވެއްޖެނަމަ، ﷲ ސުބްޙާނަހޫ ވަތަޢާލާ އޭނާގެ ތައުބާ ޤަބޫލު ކުރައްވާނެއެވެ. އެހެންކަމުން ކިތަންމެ ބޮޑު ފާފައެއް ކުރެވުނު ކަމުގައި ވިޔަސް އަޅުގަނޑުމެންނަށް އޮތީ، އެއިލާހުގެ ރަޙްމަތާމެދު އުއްމީދު ކަނޑާލުމެއްނެތި ތައުބާގެ ޝަރުޠުތަކާއެކު އަވަހަށް ތައުބާވުމެވެ.

އަދި ފަރުޟު ފަސްނަމާދު ވަގުތުން މިސްކިތުގެ ޖަމާޢަތުގައި އަދާކުރާށެވެ. ގިނަގިނައިން ޤުރުއާން ކިޔަވައި ދީނީ ނަސޭހަތުގެ ދަރުސުތައް އަޑުއަހާށެވެ. ﷲ ތަޢާލާ ތިބާއާއި އަޅުގަނޑުމެންނަށް ފާފަފުއްސަވައި ތައުބާ ލައްވައި ރަޙްމަތް ލައްވާށިއެވެ.! އާމީން والله أعلم.

ބޭންކް އެކައުންޓުން މުދަލު ޒަކާތް
بــســــــــــــــم اللّـه. الحمد للّـه وحده والصلاة والسلام على من لا نبي بعده. ބެންކް އެކައުންޓެއްގައި ހުންނަ ފައިސާއިންވެސް އަހަރެއް ހަމަވެ، ނިޞާބް ހަމަވެއްޖެނަމަ  ޒަކާތް ދޭންޖެހޭނެއެވެ. ނިޞާބް ހަމަވާކަމަށް ބަލާނީ ތިމާ އަދާކުރަންޖެހޭ ދަރަންޏެއްވާނަމަ އެދަރަނި ކެނޑުމަށް ފަހު ބާކީ ހުރި ފައިސާއިން ނިޞާބް ހަމަވާ ކަމުގައި ވާނަމައެވެ. ހިޖްރީ އަހަރުން ބަލައިގެން އަހަރު ހަމަވެއްޖެނަމަ، ޒަކާތުގެ ގޮތުގައި ނެރޭނީ ނިޞާބްހަމަވި ފައިސާގެ 2.5% އެވެ. މީލާދީ އަހަރުން ބަލައިގެން އަހަރު ހަމަވެއްޖެނަމަ، ޒަކާތުގެ ގޮތުގައި ނެރޭނީ ނިޞާބްހަމަވި ފައިސާގެ 2.575% އެވެ. ބެންކް އެކައުންޓް ހުޅުވާފައިވަނީ އިސްލާމިކް ( އިންޓަރެސްޓްގެ މުޢާމަލާތް ނުހިމެނޭ) ބެންކެއްގައި ކަމުގައި ވާނަމަ ނިޞާބް ހަމަވޭތޯ ބަލާނީ އެކައުންޓްގައި ހުރި ހުރިހާ ފައިސާއެއްވެސް ހިމަނައިގެންނެވެ. އެއާޚިލާފަށް ބެންކް އެކައުންޓް ހުޅުވާފައިވަނީ ރިބާގެ (އިންޓަރެސްޓްގެ) މުޢާމަލާތް ހިމެނޭ ބެންކެއްގައި ކަމުގައިވަނީ ނަމަ ނިޞާބް ހަމަވޭތޯ ބަލާނީ އިންޓަރެސްޓްގެ ގޮތުގައި އެކައުންޓަށް ލިބިފައިވާ ފައިސާ ނުހިމަނައި ދެން ހުރި ފައިސާއިންނެވެ. ސަބަބަކީ ޙަރާމް ފައިސާއަކުން ޒަކާތް ނުދެވޭނެތީއެވެ. އެހެންނަމަވެސް އިންޓަރެސްޓަށް މިގޮތަށް ލިބޭ ޙަރާމް ފައިސާ ތިމާގެ އަމިއްލަ ބޭނުމަށް ފަހަރެއްގައިވެސް ބޭނުން ކޮށްގެން ނުވާނެއެވެ. ހަމައެއާއެކު އެފައިސާ ބެންކަށްވެސް ދޫކޮށްލައިގެން ނުވާނެއެވެ. އޭގެ ބަދަލުގައި އެފައިސާ ނެގުމަށްފަހު އެންމެންނަށް މަންފާ ލިބޭ ކަހަލަ ( މަގުހެދުން ފަދަ ޢާއްމު މަޞްލަޙަތު ހިމެނޭ ) ފަންޑަކަށް ހަދިޔާކުރާނީއެވެ. އެހެންނަމަވެސް މިސްކިތްބިނާކުރުން ނުވަތަ ޤުރުއާން ޗާޕްކުރުން ފަދަ ދީނީ ކަންކަން ހިމެނޭ ފަދަ ފަންޑަކަށް މިފަދަ ފައިސާ ހަދިޔާކޮށްގެން ނުވާނެއެވެ. މިގޮތަށް މިފައިސާ ހޭދަކުރުމަކީ ޞަދަޤާތެއް ކަމުގައި ނުވާނެއެވެ. އެހެންނަމަވެސް މިގޮތަކީ، ޙަރާމް ފައިސާތަކެއް ޙަލާލްގޮތުގައި ބަޔަކަށް ބޭނުންކުރެވުމަށްޓަކައި ހެދުން ހުއްދަ ގޮތެއްކަމުގައި ޢިލްމްވެރިން ވިދާޅުވެއެވެ.

ސުޢޫދީ ޢަރަބިއްޔާގެ އިސްލާމީ ޙަރަކާތް
ސުޢޫދީ ޢަރަބިއްޔާގެ އިސްލާމީ ޙަރަކާތް އުފެދުނީ، އެއްވެސް ތަރުތީބެއް، އިންތިޒާމެއް ނެތި އެވެ. އެ ޙަރަކާތް އުފެދުނީ، އޭގެ ތިމާވެށީގައި އުފެދިފައިވާ އެފަދަ އެހެން ޙަރަކާތްތަކުން ފޭދުނު ތަޖުރިބާއިންނެވެ. ޢަރަބި ދުނިޔޭގައި ޙަރަކާތްތެރިވަމުންދިޔަ، އިސްލާމީ އޮއިވަރުގެ ޤާއިދުން އޭރު ތިބީ، ސުޢޫދީ ޢަރަބިއްޔާގަ އެވެ. އޭގެތެރޭގައި، މައްނާޢުލް ޤައްޠާނާއި ސަޢީދު ޙޫރީ އާއި މަޙުމޫދުއް ޞައްވާފު ފަދަ ބޭފުޅުން، ހިމެނިވަޑައިގަންނަވަ އެވެ. ސުޢޫދީ ސަރުކާރާ އެ ބޭފުޅުންނާ ދެމެދުގައި އެއްބަސްވުމެއް އޮތެވެ. އޭގައިވަނީ، ސުޢޫދީ ޢަރަބިއްޔާގެ ތެރެއަށް އިސްލާމީ ޙަރަކާތް ނުވެއްދުމަށެވެ. އެ ބޭފުޅުން، އެ އެއްބަސްވުމަށް އިޙުތިރާމުކުރެއްވި އެވެ. ނަމަވެސް އެ ބޭފުޅުންނަކީ، ޔުނިވަރސިޓީތަކުގެ ލެކްޗަރަރުން ކަމަށްވާތީ، އެ ބޭފުޅުންގެ ފަހަތްޕުޅުގައި، ޒުވާނުންގެ ޖަމާޢަތްތައް، އުފެދެމުން ދިޔަ އެވެ. އެ ޖަމާޢަތްތަކުގެ ޒުވާނުންނަކީ، ދީނީ ރޫޙާއި ޖޯޝް ހުރި ބަޔެކެވެ. އެ ބައިމީހުން، ޖަމާޢަތްތައް އުފައްދަމުން ގެންދިޔައީ، އިސްލާމީ ޙަރަކާތުގެ ފޮތްފޮތުން އެހީތެރިކަން ލިބިގަނެ، ސުޢޫދީ ސަގާފަތުގެ ހިޔަލުގަ އެވެ.

އޭރުއްސުރެ، ވަރަށްގިނަ ހާދިސާތައް ހިނގައި، ގޮންޖެހުންތައް ކުރިމަތިވަމުން އެބަދެ އެވެ. އިސްލާމީ ޙަރަކާތުގެ ތެރެއިން ނުކުތް ސިޔާސީ ފިކުރުގެ އަހުލުވެރިން ޖަލަށް ލެވުނެވެ. ގަލްފު ހަނގުރާމައާއި ސެޕްޓެމްބަރު 11 ގެ ހާދިސާ ވެސް ފާއިތުވެގެން ހިނގައްޖެ އެވެ. ނަމަވެސް ސުޢޫދީ ޢަރަބިއްޔާގެ ދީނީ ޙަރަކާތް ވަނީ، އެ ޙަރަކާތުގެ މަންޒިލްމަޤުޞޫދު ކަނޑައެޅުމަށް ނުކުޅެދިފަ އެވެ. އެއާނުލައި، ޖަވާބު ނުދެވޭނެ މުހިންމު ދެ ސުވާލެއް ވެ އެވެ. “އަހަރެމެންނަކީ، ކޮން ބަޔެއް؟ އަހަރެމެން ބޭނުންވަނީ ކޮން ކަމެއް؟ މި ދެ ސުވާލެވެ.

އިސްލާމީ ޙަރަކާތުގެ ހާދިސާތަކުން ސުޢޫދީ ސަރުކާރު ވަނީ ވަރަށް ބޮޑު ފައިދާއެއް ޙާޞިލުކޮށްފަ އެވެ. އެހެނީ، ސަރުކާރުން ވަނީ، އިސްލާމީ ޙަރަކާތުގެ އެކިއެކި އޮއިވަރުތައް ދެނެގެންފަ އެވެ. އޭގެތެރެއިން ހަރުކަށި އޮއިވަރުތަކަކީ ކޮބައިކަމާއި، ޞުލްޙަވެރި އޮއިވަރުތަކަކީ ކޮބައިކަމެވެ. އޭގެތެރެއިން މެދުމިން އިޚުތިޔާރުކުރާ އޮއިވަރަކީ، ޞުލްޙަވެރި ބަޔެކެވެ. ހަރުކަށި ކަމާއި، ޓެރަރިޒަމުގެ ތެރެއަށް ވަންނާކަށް އެ އޮއިވަރު ބޭނުމެއް ނުވެ އެވެ.

ޙަރަކާތް ފުޅާކުރުމުގެ ވިސްނުން

ސުޢޫދީ ޢަރަބިއްޔާގެ އިސްލާމީ ޙަރަކާތުގެ އަހުލުވެރިން ދެކޭ ގޮތުގައި، އެ ޙަރަކާތުގެ ވިސްނުމާއި ނަޒަރު ވަރަށްވެސް ސާފުކޮށް އޮޅުންފިލަ އެވެ. އޭގެ ޚުލާޞާއަކީ، ޙަރަކާތް ފުޅާކުރުމެވެ! އެ ޙަރަކާތުން ބޭނުންވަނީ، ވީހާވެސް ގިނަ ބަޔަކު އެ ޙަރަކާތަށް ވެއްދުމެވެ. ވީހާވެސް މަތީ މަޤާމެއް މުޖުތަމަޢުގައި ޙާޞިލުކުރުމެވެ. ހައިބަތާއި ޖާހު އިތުރުކުރުމެވެ. ބާރާއި ނުފޫޒު ފަތުރާ ދާއިރާ ފުޅާކުރުމެވެ. މިކަންކަމަށް އެދިގެން މިއުޅެނީ ކީއްކުރަންތޯ އެވެ؟ މިސުވާލުގެ ޖަވާބު އެ ޙަރަކާތަކަށް ނޭނގެ އެވެ.

ތަބާވާ މީހުންގެ ޢަދަދު އިތުރުކޮށް، ފިކުރު ޤަބޫލުކުރާ ދާއިރާ ފުޅާކުރުމަކީ، އިސްލާމީ ޙަރަކާތަށް ވެސް ލިބިގެންވާ ޙައްޤެކެވެ. މި ކަމާމެދަކު އެއްވެސް ޝައްކެއް ނެތެވެ. ނަމަވެސް މިއީ، ދެވަނަ މަރްޙަލާގައި ކުރަންޖެހޭ ކަމެކެވެ. ފުރަތަމަ މަރްޙަލާގައި ކުރަންޖެހޭ ކަމަކީ، މަންޒިލްމަޤުޞޫދު ކަނޑައެޅުމެވެ. ތިމާމެންގެ ވިސްނުމާއި ފިކުރު ޤަބޫލުކުރާ ބޮޑު ޖަމާޢަތެއް އުފެއްދުމަށްފަހު، ދެން ކުރާނެ ކަމެއް ނޭނގުމަކީ، ޙަޤީޤަތުގައި ވަރަށް ވެސް ބޮޑު މުޞީބާތެކެވެ!

އިސްލާމީ ޙަރަކާތް ބޭނުންވަނީ:

ޒުވާނުން ތަރުބިއްޔަތުކުރަންތޯ އެވެ؟

ނުވަތަ ސިޔާސީ މައިދާނަށް ނުކުންނަންތޯ އެވެ؟

ނުވަތަ ހޭލުންތެރިކަމުގެ ގޮތުންނާއި އަޚުލާޤީ ގޮތުން މުޖުތަމަޢު ތަރައްޤީކުރަންތޯ އެވެ؟

ނުވަތަ ދުނިޔޭގައިވާ އިސްލާމީ މައްސަލަތަކަށް ނަޞްރުދީ، މުސްލިމުންނަށް ވާގިވެރިވާންތޯ އެވެ؟

ނުވަތަ އެ ޙަރަކާތް ބޭނުންވަނީ މިހުރިހައިކަމެއް އެއްފަހަރާ މައްސުނިކޮށްގެން ސަޓަނިގަނޑެއް ހަދަންތޯ އެވެ؟

ނަންގަނެވިދިޔަ ކަންތައްތަކުގެ ތެރެއިން ކޮންމެ ކަމަކީ، ވަކި ތަޚައްޞުޞެކެވެ. އެއިން ކޮންމެ ތަޚައްޞުޞެއް އުފައްދާ ގޮތާއި، އޭގެ މަސައްކަތް ތަންފީޒުކުރާ ގޮތް، އަނެއް ތަޚައްޞުޞާ ތަފާތެވެ. ނަމަވެސް އިސްލާމީ ޙަރަކާތް ފެންނަނީ، ތަޚައްޞުޞުތައް އެއްފަރާތްކޮށްފައި، ހަވާސާގައިވާ ކުދިކުދި ކަންތައްތަކާއިގެން އުޅޭ ތަނެވެ. އެއީ، އެ ޙަރަކާތުގައި ތިބި ނަގާކިޔާ ޝަޚުޞިއްޔަތުން ފަރުދީ ގޮތުން ސަމާލުކަންދޭ ކަންތައްތަކެވެ. މުޅި ޙަރަކާތް އެކީގައި ދާންޖެހޭ ފަރާތްތައް ބުނެދޭނެ ސަމުގާއެއް ޙަރަކާތުގެ ޤިޔާދަތުގައި ނެތެވެ.

ދުނިޔޭގައިވާ އެހެން އިސްލާމީ ޙަރަކާތްތަކާ، ސުޢޫދީ ޢަރަބިއްޔާގެ އިސްލާމީ ޙަރަކާތް ތަފާތުވާ އެހެން ކަމެއް ވެސް ވެ އެވެ. ސުޢޫދީ ސަރުކާރުން ބުނާގޮތުގައި، އެ ސަރުކާރަކީ، މާތް ﷲ ބާވައިލެއްވި ޙުކުމް ހިންގާ ސަރުކާރެކެވެ. ދުނިޔޭގެ ކަންކޮޅުތަކުގައިވާ އެހެނިހެން އިސްލާމީ ޙަރަކާތްތަކުގެ އަދަބިއްޔާތު، މަސައްކަތްކުރަމުން ގެންދަނީ، ދީން ފަތުރައި، މާތް ﷲ ގެ ޙުކުމް ޤާއިމުކުރުމުގެ މަގުފަހިކުރުމަށެވެ. ކަންމިހެން އޮތްއިރު، އިސްލާމީ ވެރިކަމެއް އޮތް ތަނެއްގައި، އިސްލާމީ ޙުކުމް ހިންގާ ތަނެއްގައި، އަދި ނުހަނު ދީންވެރި މުޖުތަމަޢެއްގައި، އިސްލާމީ ޙަރަކާތެއް އޮތުމުގެ ބޭނުމަކީ ކޮބައިތޯ އެވެ؟ މި މޭރުމުން މި ވާހަކަ ދެއްކުމުގެ ބޭނުމަކީ، ސުޢޫދީ ޢަރަބިއްޔާގައި އިސްލާމީ ޙަރަކާތެއް އޮތުމާ ދެކޮޅުހަދައި، އެ ޙަރަކާތް އޮތުމުގެ ވިސްނުމާ އިންކާރުކުރުމެއް ނޫނެވެ. ނަމަވެސް، މުޖުތަމަޢު އިޞްލާޙުކޮށް، ހެޔޮކަންތައް ފެތުރުމުގައި، އެ ޙަރަކާތުގެ ދައުރު ފުޅާކުރުމުގެ ރޫޙު އިތުރުކުރުމެވެ. އަނިޔާވެރިކަމާ ދެކޮޅުހަދައި، އިންސާނުންނާ މެދު ޢިނާޔަތްތެރިކަން އިތުރުކޮށް، މިފަދަ މިފަދަ ކަންތައްތައް އެ ޙަރަކާތުގެ އެޖެންޑާގައި، އޮޅުން ނާރާނެހެން ސާފުކޮށް ހިމެނުމެވެ.

މުހިންމު މައްސަލަތަކާ ދުރުގައި

ސަމުގާއެއް ނެތުމާއެކު، ޙަރަކާތުގެ ކަމުވޮށިވެގެންވާ ޝަޚުޞިއްޔަތުން، ގިނަގުނަ ކަންތައްތަކުގައި ޚިޔާލު ތަފާތުވަމުންދާ ތަން ފެނެ އެވެ. އޭގެ ތެރެއިން ބައެއް ކަންތައްތަކަކީ، ސުޢޫދީ ޢަރަބިއްޔާގައިވާ ޝީޢީންގެ މައްސަލައާއި، ސިޔާސީ އިޞްލާޙާއި، ޑިމޮކްރަސީ ޤާއިމުކުރުމާއި، މުޖުތަމަޢަށް ޚިދުމަތްކުރުމާއި، އަންހެނުން މަސައްކަތަށް ނުކުތުމެވެ.

މިކަންތައްތަކުގެ އިތުރުން، ޤައުމުގެ އާދަކާދަތަކުގައި މޫލާފައިވާ ސަލަފީ ފިކުރުގެ މައްސަލަ ވެސް ފާހަގަ ކޮށްލަން ޖެހެ އެވެ. އެހެނީ، އިސްލާމީ ޙަރަކާތުގެ ތެރޭގައި، ރަސްކަންކުރަމުން ދަނީ، އިހުއްސުރެ ވާރުތަވަމުން އައިސްފައިވާ ލޯކަލް އާދަކާދަތަކުގެ ވިސްނުމެވެ. ޒަމާނީ ފިކުރާއި، ބިނާކުރަނިވި ވިސްނުމުގެ އޮއިވަރު އޮތީ ވަކި އިމެއްގެ ތެރޭގައި ހައްޔަރުވެފަ އެވެ.

ޙަރަކާތުގެ ކަމުވޮށިވެގެންވާ ޝަޚުޞިއްޔަތަކު، ލިޔުއްވި މައުޟޫޢަކުން، މި ދެންނެވި ސަލަފީ ނުފޫޒު އޮތް މިންވަރު ހާމަވެގެން ދިޔައެވެ. އެ މައުޟޫޢުގެ ނަމަކީ، “ދީނަށް ތަބާވުމުން އެއްކިބާވުން” މިއެވެ. އެ މައުޟޫޢުގައި އޭނާވަނީ، ޙަރަކާތުގެ ކަމުވޮށިވެގެންވާ ބައެއް ޝަޚުޞިއްޔަތުންނަށް ފާޑުކިއުއްވާފަ އެވެ. ދީނުގައިވާ ލުއިފަސޭހަ ކަމާއި ރުޚަޞުތަކުގައި އެ ފަރާތްތަކުން ހިފާތީ އެވެ. ޙަރަކާތުގެ ތެރޭގައި އެކަންތައް ދަނީ، ދުވަހެއް ދުވަހަކަށްވުރެ އިތުރުވަމުންނެވެ. ނަމަވެސް ޙަރަކާތުގެ ޝަރުޢީ ޢިލްމުގެ ޝައިޚުން، ކުރިން ދެވިފައިވާ ފަތުވާތަކާ ޚިލާފުވާކަށް ބޭނުމެއް ނޫނެވެ. އެ ފަތުވާތަކާމެދު، އެ ޝައިޚުންގެ ޚިޔާލު ތަފާތުވިޔަސް، އެއާ ޚިލާފު ފަތުވާތަކެއް ދޭކަން ބޭނުމެއް ނޫނެވެ. ކަންމިހެން އޮތުމާއެކު، އިހުގެ ސަލަފީންގެ ކިބައިން ވާރުތަވެ، އެއާމެދު އިއްތިފާޤުވެވިފައިވާ ގޮތުގެ މަތީގައި މެނުވީ، ކުރިޔަށް ދެވޭކަށް ނެތެވެ.

އިހުގެ ފުރަތަމަ ޖީލު ވަނީ، ދެވަނަ ޖީލު ތަރުބިއްޔަތުކޮށްފަ އެވެ.

ދެވަނަ ޖީލުވަނީ، ތިންވަނަ ޖީލު ތަރުބިއްޔަތުކޮށްފަ އެވެ.

ތިންވަނަ ޖީލުވަނީ، ހަތަރުވަނަ ޖީލު ތަރުބިއްޔަތުކޮށްފަ އެވެ.

ހަތަރުވަނަ ޖީލު ބޭނުންވަނީ، އާދަކާދައިގެ މަތިން، ފަސްވަނަ ޖީލު ތަރުބިއްޔަތު ކުރުމަށެވެ.

މިގޮތުގެ މަތިން، ސުޢޫދީގެ އިސްލާމީ ޙަރަކާތް ދަނީ، އޭގެ އަމިއްލަ ނަފުސުގެ ތެރެއަށް ގެނބި ނޭވާ ހާސްވަމުންނެވެ. އޭގައިވާ ކުދި ބޮޑު އެންމެން މަސައްކަތްކުރަނީ، މީހުން ބިނާކުރުމަށެވެ. ނިމުމެއް ނެތް ބުރުޖެހުމެއްގެ ތެރޭގައި، ފަރުދަކު ބިނާކުރަން އެތަކެއް އަހަރުތަކެއް ހޭދަވެގެންދެ އެވެ. މީހުން ބިނާކުރުމުގައި، އިސްލާމީ ތަރުބިއްޔަތުގެ ދައުރާމެދު ކުޑަވެސް ޝައްކެއް ނުކުރަމެވެ. ނަމަވެސް ހިތާމަކުރަންޖެހޭ ކަމަކީ، ހަމައެކަނި، އެއިން ފުއްދާލައިގެން ތިބުމެވެ.

ސުޢޫދީ ޢަރަބިއްޔާގެ އިސްލާމީ ޙަރަކާތް ގެންގުޅޭ، “މީހުން ތަރުބިއްޔަތުކުރުމުގެ ނަޒަރިއްޔާ” އާއި، “މީހުން ބިނާކުރުމުގެ ނަޒަރިއްޔާ” އިން އެކަނި، ތަރައްޤީވެ ކުރިއެރުމުގެ ޞިނާޢަތު ނުއުފެއްދޭނެ އެވެ. ކީރިތި ރަސޫލާ (ޞައްލަ ﷲ ޢަލައިހި ވަސައްލަމަ) އަޞްޙާބު ބޭކަލުން ތަރުބިއްޔަތުކުރެއްވީ، ހަމައެކަނި ދާރުލްއަރުޤަމުގައެއް ނޫނެވެ. ޙަޟާރަތެއް ބިނާކުރުމަށްޓަކައި ބޭނުންވާނެ ހުރިހައި ވަސީލަތްތަކެއް، އިތުރު އެކަލޭގެފާނު ބޭނުންފުޅު ކުރެއްވި އެވެ. އޭގެތެރޭގައި އެޒަމާނުގެ މީޑިއާ އާއި، އިޤުތިޞާދާއި އެނޫނަސް މުޖުތަމަޢު ބިނާކުރާ ވަސީލަތްތަކުގެ ބޭނުން، އިތުރު އެކަލޭގެފާނު ހިއްޕެވި އެވެ.

އިސްލާމީ އިޞްލާޙީ ފިކުރުގެ އަހުލުވެރިން ބިނާކުރި ބައެއް ޙަރަކާތްތައް ވަނީ، ކީރިތި ރަސޫލާ (ޞައްލަ ﷲ ޢަލައިހި ވަސައްލަމަ) ގެ މަންހަޖާ ތަބާވެފަ އެވެ. މިސާލަކަށް، މިޞްރުގެ އިޚުވާނުލް މުސްލިމީން ޖަމާޢަތެވެ. އެޖަމާޢަތުން ހަމައެކަނި މީހުން ތަރުބިއްޔަތުކުރީއެއް ނޫނެވެ. ކީއްތޯއެވެ. ހުރިހައި ދިމާއަކަށް ނަޒަރުހިންގައި، ފުރިހަމަ މާނައިގައި މީހުން ބިނާކުރީ އެވެ. އިމާމު ޙަސަނުލް ބަންނާ، މިޞްރުގައި 99 ފުޓްބޯޅަ ޓީމު އުފެއްދެވި އެވެ. އަދި ބާސްކެޓް ބޯޅައިގެ 32 ޓީމު އުފެއްދެވި އެވެ. ބުނެވޭ ގޮތުގައި މިހާރުވެސް މިޞްރުގައި ވަނީ، ބާސްކެޓްބޯޅަ ކުޅޭ 32 ޓީމެވެ.

ސުޢޫދީ ޢަރަބިއްޔާގެ އިސްލާމީ ޙަރަކާތުގެ ހުރިހައި ހަކަތައެއް އަމާޒުކޮށްފައިވަނީ، ތަފާތު ލެވެލްތަކުގައި އެއްގޮތަކަށް ތަރުބިއްޔަތުކުރުމަށެވެ. އެކައްޗެއް ކިޔަވާދިނުމަށެވެ. އޭގައި އެކުލެވެނީ، އަދި ތަކުރާރުވަމުންދަނީ ވެސް ހަމަ އެކައްޗެކެވެ. އެއީ، ސީރަތާއި ޙަދީޘާއި ފިޤުހާއި ތަފުސީރާއި ޢަޤީދާ އެވެ. ތަފާތު ފޮތްފޮތުން، ތަފާތު ގޮތްގޮތަށް ކިޔަވާދިނަސް، ތަކުރާރުވަމުންދަނީ ހަމަ މިތަކެއްޗެވެ. ސުވާލަކީ، ހިއުމަން ސައިންސާއި މެނޭޖްމަންޓާއި ސައިންޓިފިކް ޢިލްމީ އެހެނިހެން މާއްދާތައް ކޮބައިތޯ އެވެ؟ މިޒަމާނުގެ މިފަދަ ޢުލޫމާއި ސައިންސަކީ، ހިންމަތް ހީވާގިކޮށް، ބުއްދި ތަނަވަސްކޮށް، ޢަޒުމް ވަރުގަދަކޮށް، ހޭލުންތެރިކަން އިތުރުކުރުކޮށްދޭ ކާނާ އެވެ.

ސުޢޫދީ ޢަރަބިއްޔާގެ އިސްލާމީ ޙަރަކާތުގެ ޤިޔާދަތުގައި، ޒަމާނީ ހޭލުންތެރިކަމާއި ވިސްނުންހުރި ޝަޚުޞިއްޔަތުންނަކަށް ޖާގައެއް ވެސް ނެތެވެ. ނަމަވެސް، އެ ޙަރަކާތް މަސައްކަތްކުރަމުން ގެންދަނީ، މިޒަމާނުގެ ޙަޟާރަތާއި ތަރައްޤީގެ ސަފުގައި ފައިތިލަ ސާބިތުކުރުމަށް ކަމަށް ބުނެވެ އެވެ. ހަމައެކަނި، ދީނީ ހައެއްކަ މާއްދާއިން މިކަން ކުރެވިދާނެ ކަމަށް ސަލާމަތް ބުއްދި ޤަބޫލުކުރޭތޯ އެވެ؟ އިޤުތިޞާދާއި ފަންނާއި މީޑިއާއާއި ކުޅިވަރާއި ސަގާފަތާއި އަދަބިއްޔާތުގެ މައިދާނަށް، އެ ޙަރަކާތުން ނެރެދިނީ ކޮން އެއްޗެއްތޯ އެވެ؟ އަދި ޤައުމުގެ އާދައިގެ މުވާޠިނުންގެ ޙަޔާތާ ގުޅި ލާމެހިފައިވާ އިޖުތިމާޢީ މައްސަލަތަކުގެ މައިދާނަށް ވެސް ނެރެދިނީ ކޮންއެއްޗެއްތޯ އެވެ؟

ހޭލުންތެރި ނަމޫނާއަކަށް ބޭނުންވެފައި

އަޅުގަނޑުމެން އުންމީދުކުރަނީ، އިސްލާމީ ޙަރަކާތް، ސުޢޫދީ ޢަރަބިއްޔާގައި، އެ ޙަރަކާތުގެ މަރުކަޒީ ފިކުރާއިގެން ތެދުވުމެވެ. އަޅުގަނޑުމެން އެދެނީ، އެ ޙަރަކާތް، އެ ޙަރަކާތުގެ ހިތްވަރުދޭ ހީވާގި ފިކުރާއިގެން ތެދުވުމެވެ. އަޅުގަނޑުމެން ބޭނުންވަނީ، އެ ޙަރަކާތް، އާނޯލްޑް ޓްވިންބީ ގެ “ގޮންޖެހުމާއި އިޖާބަދިނުމުގެ ނަޒަރިއްޔާ” ތަންފީޒުކުރަން ފެށުމެވެ.

މަންޒިލްމަޤުޞޫދެއް ކަނޑައެޅިފައި ނެތުމުން، އެތައް މައްސަލަތަކެއް ވަނީ، ޙަރަކާތާ ކުރިމަތިވެފަ އެވެ. މީގެ ކުރިން ދުވަހަކު ވެސް ވިސްވިހާލި ނުވާވަރަށް ޙަރަކާތްވަނީ ވިސްވިހާލިވެފަ އެވެ. ކަންނެތްކަމާއި ޝައުޤުވެރިކަން ކުޑަވުމާއި ހިންގުންތެރިކަން މަޑުޖެހުމާއި ތަރައްޤީކޮށް ކުރިއެރުވުން ދަނީ ބަނޑުލައި ދެމެމުންނެވެ. ޚާއްޞަކޮށް ޙަރަކާތުގެ މެދުފަންތީގެ ޤާއިދުންގެ މެދުގައި މިކަންތައްތައް ވަނީ މޫލައި ހަރުލާފަ އެވެ.

އިސްލާމީ ޙަރަކާތުގެ، އިޖުތިމާޢީ އަދި ޚައިރާތުގެ މައިދާނުގައި މަސައްކަތްކުރާ، މުއައްސަސާތަކުގެ އިދާރީ ހިންގުން ވަނީ، ބިއުރޯކްރެޓިކް ޠޫފާނެއްގެ ތެރޭގަ އެވެ. މިކަމުގެ ސަބަބަކީ، ޢަމަލީ މައިދާނުގައި ޙަރަކާތްތެރިވާ އެކިއެކި ހުނަރުތަކުގެ އަހުލުވެރިންނާ އަޅާނުލައި، ދީނަށް ގޮވާލާ ދާޢީންނަށް އިސްކަން ދިނުމެވެ.

އަޅުގަނޑަށް ތަޞައްވުރު ކުރެވޭ ގޮތުގައި، މިހާރު، ކުރަންވީ ކަމަކީ، ޙަރަކާތުގެ ނާރެހެއް ކަނޑައެޅުމެވެ. އެ ނާރެހަކީ، “ޤައުމުގެ އަފުރާދުންނާއި މުއައްސަސާތަކަށް ހޭލުންތެރިކަމާއި ތަންދޮރުދަތުން ގެނެސްދޭނެ، ދުނިޔެއަށް ހުޅުވާލެވިފައިވާ އިސްލާމީ ނަމޫނާއެއް” ކަމުގައި ވާންޖެހެ އެވެ. ދުވަހަކު ވެސް، ދުނިޔެ ނުދެކޭފަދަ ދަރަޖައަކަށް، މިހާރު މިވަނީ ދުނިޔެ ތަރައްޤީވެ ކުރިއަރާފަ އެވެ. އިސްލާމީ ޙަރަކާތާ ކުރިމަތިވެފައިވާ އެންމެ ބޮޑު އިމްތިޙާނަކީ، ނިކަން ކެރިގެން، އަދި ނިކަން ހުޅުވާލެވިގެން ތިބެ، ބަވަނަވުމުގެ ތެރެއަށް ވަދެގަތުމެވެ. ނަމަވެސް، އިސްލާމީ ޙަޟާރަތުގެ ސާބިތު ތަރަހަތަކާއި އަސާސީ އަގުތައް ނަގައިލުމެއް ނެތި އެވެ. އަޅުގަނޑުމެން އުންމީދުކުރަނީ، ޙަރަކާތުގެ އެކިއެކި މުއައްސަސާތަކުގެ އެހީގައި، ޙަޤީޤީ އިސްލާމީ ޙަޟާރަތެއް އުފެއްދުމެވެ. އެ މުއައްސަސާތަކުގެ ތެރޭގައި ތަޢުލީމީ، އިޤުތިޞާދީ، އިޖުތިމާޢީ، ސިޔާސީ، އަދި މީޑިއާގެ މުއައްސަސާތައް ހިމެނެ އެވެ. އަޅުގަނޑުމެން އުންމީދުކުރަނީ، އިސްކަން ދޭންޖެހޭ ކަންތައްތަކަށް އިސްކަންދީގެން ރާވާފައިވާ ޕްލޭނެއް އެކަށައަޅައި، އެ ޕްލޭން ތަންފީޒުކޮށް، އިސްލާމީ ޙަރަކާތް އެ ޕްލޭން ކާމިޔާބުކުރުމެވެ.

ނިންމާލަމުން، ޖައުހަރީ ނުކުތާއަކަށް އިޝާރާތްކޮށްލާނަމެވެ. ސުޢޫދީ ޢަރަބިއްޔާގެ އިސްލާމީ ޙަރަކާތުގެ އަފުރާދުންނަށް، އެބައިމީހުންގެ އެންމެ އާދައިގެ ޙައްޤުތަކާއި ވާޖިބުތަކެއް ނޭނގެ އެވެ. ޙަރަކާތުގެ ޙަޤީޤަތާއި، ދާންވީ ދިމާ ވެސް ގިނަފަހަރު އެބައިމީހުންނަކު ނުދަނެ އެވެ. ޙަރަކާތުގެ އަފުރާދުންނަށް ފިލައިގެން ބިންގަރާސްތަކުގައި ނިވާވެފައިވާ ޙާލު، ޙަޤީޤީ މަސްރަޙަށް ހޭލުމަކީ، އެ ޙަރަކާތަށް ކުރެވޭނެ ކަމެއް ނޫނެވެ. ފިލައިގެން އޮތުމުގެ ސަބަބުން، އަފުރާދުންގެ ކިބަިގައި ކަންނެތްކަމާއި ލޮޑުކަން އުފެދެމުންދަނީ އެވެ. މަސްއޫލިއްޔަތު އިޙުސާސް ނުވުމާއި އަނެކުންގެ މައްޗަށް ބަރޯސާވުން ވެސް އިންތިހާ ދަރަޖައަށް އިތުރުވަމުން ދަނީ އެވެ. ތިމާ ކުރަން ޖެހޭ މަސައްކަތުގެ ސްޓްރެޓެޖީ އާއި، އޭގެ މިންތަކާއި އިންތައް ނޭނގޭ ފަރުދެއްގެ ކިބައިން، ބިނާކުރަނިވި ޢަމަލާއި ފޮނި މޭވާއަށް އަޅުގަނޑުމެން އެދޭނީ ކިހިނަކުންތޯ އެވެ؟

ޢަބްދުއްނާޞިރު (4 ޖެނުއަރީ 2010)

ތަރުޖަމާ: ޢަބްދުލްމުޢީދު ޙަސަން

މަޞްދަރު:

އިސްލާމްއޮންލައިން ޑޮޓް ނެޓް.