ތިމާ ދޫކޮށްފައި ދިއުމަށް ފިރިމީހާއަށް މަޖުބޫރުކުރާނީ ކިހިނެއް؟

މަޒުމޫނު | admin | November 23, 2009 at 12:29 am

maldivian-couplesބައެއް އަންހެނުންގެ ނަޒަރުގައި، ފިރިމީހާއަކީ، ކަރުގައި ވާގަނޑެއް ޖަހާފައިވާ ކުއްތާއެއް ކަހަލަ މަޚުލޫޤެކެވެ. އެ ވާގަނޑުގައި ހިފަހައްޓައިގެން ހުންނާނީ އަބިމީހާ އެވެ. އަނބިމީހާ ބޭނުންގޮތަކަށް އެ މަޚުލޫޤު ގެންގުޅެންވީ އެވެ. … މި މަޒުމޫނުގައި އަލިއަޅުވާލާފައިވަނީ، އަނބިމީހާއަށް ކުރެވޭ ބައެއް ނޭދެވޭ ޢަމަލުތަކުގެ ސަބަބުން ޒަވާޖީ ޙަޔާތް ރޫޅުމުގެ މައްޗަށެވެ.

ބައެއް އަނބިން ޤަބޫލުކުރާ ގޮތުގައި، ކާވަނީގެ ގުޅުމަކީ، ދާއިމީ ގުޅުމެކެވެ. އެއީ ދުވަހަކު ވެސް ވަކިވުމެއް ނެތް ގުޅުމެކެވެ. ތަފާތު އެކިއެކި ސަބަބުތަކާއި ބަހަނާތައް ދައްކައި، އަނބިމީހާ ކިތަންމެ ޝަކުވާތަކެއްކޮށް، ކިތަންމެ މައްސަލަތަކެއް ޖެއްސިޔަސް އެ ގުޅުން ކެނޑުމެއް ނެތެވެ. އަދި ކިތަންމެ ވަރަކަށް ފިރިމީހާއާއެކު އަރާރުން ވިޔަސް، އެއީ ވަކިވާން އޮތް ގުޅުމެއް ނޫނެވެ. އެފަދަ އަނބިން ދެކޭ ގޮތުގައި މުހިންމީ، އޮޑި އަޑިޔަށް ނުދިއުމެވެ. ރިޔާތައް އިރި، ފަލިތައް ބިންދައިގެން ދިޔަޔަސް ވަރިހަމަ އެވެ. އަޅުގަނޑުގެ ދުޢާއަކީ، މާތް ﷲ އެފަދަ އަނބިންނަށް ތެދުމަގު ދެއްކެވުމެވެ.

ޙިކުމަތްތެރިކަން:
ޙިކުމަތްތެރިޔާ ހުރިހައި އުޒުރެއް ހަޖަމްކުރާނެ ކަމަށް ބައެއް އަނބިން ޤަބޫލުކުރެ އެވެ. އެކަމަކު އެއީ ކުށް ޤަބޫލުކުރުމެކެވެ. އެއަށް ބަރޯސާވެގެން ތިބޭ އަނބިންނަކީ، ވަހުމެއްގެ ތެރޭގައި ދިރިއުޅޭ ބަޔެކެވެ. އެފަދަ އަނބިން، ފިރިމީހާއަށް އުނދަގޫކޮށް އަނިޔާވެރިވުމުގައި ހައްދުފަހަނަޅައިދެ އެވެ. ކުދިކުދި ކަންތައްތައް ވެސް ގިނަވެއްޖެނަމަ، އެއިން ފުނިޖެހި ބަރުވާނެކަން އެފަދަ އަނބިންނަށް ނޭނގޭ ކަހަލަ އެވެ.

ބުއްދިވެރި، ޢަދުލުވެރި ފިރިންނަކީ، ކަންތައްތައް ނިންމުމުގައި އަވަސްވެގަންނަ ބަޔެއް ނޫނެވެ. ނަމަވެސް އެފަދަ ފިރިންނަކީ، އަނބިމީހާގެ ފަރާތުން ކުރިމަތިވާ އުނދަގޫތަކުގެ ޙާލަތްތަކަށް ބަލާ ބަޔެކެވެ. ކޮންމެ ކަމެއްވެސް ކުރިމަތިވީ ކީއްވެގެންތޯ ބަލައި، އެކަމާމެދު ވިސްނުން ހިންގާ ބަޔެކެވެ. އަނބިމީހާގެ ފުށުން އަންނަ ނޭދެވޭ ކަންތައްތައް، އެފަދަ ފިރިން ޙައްލުކުރެވޭތޯ ބަލާނީ، ރަނގަޅު ގޮތަކަށެވެ. ބައެއްފަހަރު އަޅާނުލައި ދޫކޮށްލައިގެންނެވެ. ބައެއް ފަހަރު ނަޞީޙަތްތެރިވެގެންނެވެ. ބައެއް ފަހަރު ކޮންމެވެސް ވާހަކައެއް ދައްކައިގެންނެވެ. ބައެއް ފަހަރު ނުރުހުމުގެ ބަހެއް ބުނެގެންނެވެ. ބައެއް ފަހަރު ރުޅިއައިސްގެންނެވެ. … އަދި އެންމެ ފަހުން، ވަރިކުރުމުންނެވެ.

ނަންގަނެވިދިޔަ ގޮތްތަކުގެ ތެރެއިން ކޮންމެ ގޮތަކަށް ޢަމަލުކުރިޔަސް، އެއިން ކޮންމެ ފަހަރަކުމެ، ދިމާވި ކަންތައްތައް އޭނާގެ ހަނދާނުގެ ޚަޒާނާގައި ރައްކާކުރާނެ އެވެ. އެކަންތަކާމެދު ވަގުތުން ފިޔަވަޅު އެޅުމުގެ ބަދަލުގައި، އޭނާގެ ޙަޔާތުގެ ބައިވެރިޔާ ދައްކާ ހުރިހައި އުޒުރެއް ހަޖަމުކުރަމުން ގެންދާނެ އެވެ.

ފިރިމީހާ ވަގުތުން ފިޔަވަޅުނާޅަނީ ކީއްވެގެން ހެއްޔެވެ؟ މިސުވާލުގެ ޖަވާބަކީ، އޭނާގެ ނަޒަރުގައި، އަނބިމީހާގެ ކިބައިން ކުރިމަތިވި ކަމަކީ، ވަކި މަޤުޞަދެއްނެތި ދިމާވި އާދައިގެ ކަމެކެވެ. ނުވަތަ އެއީ އެކަން ދިމާވި ވަގުތުގެ ޙާލަތު ނިޔާކުރި ގޮތުން ދިމާވި ކަމެކެވެ. ނުވަތަ އަނބިމީހާއަށް ޕުރެޝަރު ބޮޑުވެގެން ދިމާވި ކަމެކެވެ. ނުވަތަ އެއީ މަދުން ނޫނީ ދިމާނުވާނެ ކަހަލަ ނާދިރު ކަމެކެވެ. ނުވަތަ އެއީ ނުނިޔަތެއް ނެތި ހިނގައިދިޔަ ކަމެކެވެ. ނުވަތަ އެއީ ކުއްލި ޙާލަތެއްގައި ދިމާވި ކަމެކެވެ. ނުވަތަ ނުވަތަ … މިފަދަ މަޞްލަޙަތުހުރި އެތައް އުޒުރެއް އޭނާ ހަޖަމްކުރެ އެވެ.

އެހުރިހައި އުޒުރެއް ފިރިމީހާ ހަޖަމްކުރަނީ ކީއްވެގެން ހެއްޔެވެ؟ ޖަވާބަކީ، އޭނާގެ ދީންވެރިކަމުންނެވެ. ނުވަތަ ޚުލްޤުހެޔޮކަމުންނެެވެ. ނުވަތަ ދިރިއުޅުމަށް ކަމޭހިތާތީ އެވެ. ނުވަތަ ދެމަފިރިކަމުގެ ގުޅުމަށް އިޙުތިރާމްކުރާތީ އެވެ. އޭނާ ޤަބޫލުކުރި އުޒުރުތަކަކީ، ޙަޤީޤަތްކަމުގައި ވެއްޖެނަމަ، ހިތްހަމަޖެހުމާއެކު ފަހި މުސްތަޤުބަލަކާއި ފާގަތި ޙަޔާތަކަށް އުންމީދުކުރެއެވެ. އެޔާއެކު، އޭނާގެ ޙަޔާތުގެ ބައިވެރިޔާއާއެކު ދިރިއުޅުމުގެ ޢަޒުމް ވަރުގަދަކުރެ އެވެ.

ވަރި އިޢުލާންކުރުން:
ޙިކުމަތްތެރި ފިރިމީހާގެ ހުރިހައި އުންމީދުތައް، އަނބިމީހާ ފުނޑު ފުނޑުކޮށްލަނީކަން އޭނާއަށް އެނގޭ ޙާލަތު އާދެ އެވެ. އެ ޙާލަތުގައި އޭނާއަށް، އޭނާގެ އަނބިމީހާގެ ޙަޤީޤަތް ހާމަވެ އެވެ. ކުރިން އޭނާ ޤަބޫލުކޮށްގެންހުރި ހުރިހައި އުޒުރުތަކަކީ، އަދި އަޅާނުލައި ދޫކޮށްލި ހުރިހައި ކަންތައްތަކަކީ، އެ އަނބިމީހާގެ ކިބައިގައިވާ، ފިޠުރަތާ ޚިލާފު، ނޭދެވޭ ކަންތަކެއްކަން އެނގެ އެވެ. އެ އަނބިމީހާއަށް ވަނީ، ސާފު ސީފާ ފިޠުރަތުގެ ރިވެތި ކަމާއި މީރު ރަހަ އޮޅިފައިކަން އެނގެ އެވެ. އަދި ކުރިޔަށް އޮތްތަނުގައި އޭނާގެ ކިބައިން އިތުރު އުނދަގޫތަކާއި ދުއްތުރާތައް ކުރިމަތިވާނެކަން ކަށަވަރުވެ އެވެ. ޙިކުމަތާއި ބުއްދީގެ ޚަޒާނާ ހުސްވިޔަސް އަނބިމީހާގެ ދުއްތުރާތަކުން ސަލާމް ނުވާނެކަން ޔަޤީންވެ އެވެ.

މި ހިސާބަސް ކަންތައް ދާއިރު، ޙިކުމަތްތެރި، ޙިލްމުވެރި ފިރިމީހާއަށް ހެދެން އޮންނާނީ ރަނގަޅު އެންމެ ގޮތެކެވެ. އެއީ، އޭނާގެ އަނބިމީހާ ދޫކޮށްލާފައި ދިއުމެވެ. އެހެނީ، އޭނާފަދަ ރަނގަޅު މީހަކު، ފިރިޔެއްގެ ގޮތުގައި، އެފަދަ ވިޔާނުދާ އަންހެނަކަށް ލިބުމަކީ، ޙައްޤުވެގެންވާ ކަމެއް ނޫނެވެ. މިހެންވެ، ވަރި އިޢުލާންކޮށް، އެ އަނބިމީހާ ދޫކޮށްލާފައި އޭނާ ދެ އެވެ.

.މި ދުނިޔޭގައި، ހިތްހެޔޮ އަނތްބަކާ އެކު، ހަމަޖެހޭ ޒަވާޖީ ޙަޔާތެއް ހޯދުމަކީ އޭނާއަށް ވެސް ލިބިގެންވާ ޙައްޤެކެވެ

މަޞްދަރު: އިސްލާމްއޮންލައިން ޑޮޓް ނެޓް
މިލިޔުމުގެ އަޞްލަށް ވާޞިލުކޮށްދޭ ފާލަން؛
http://www.islamonline.net/servlet/Satellite?c=ArticleA_C&cid=1256910032074&pagename=Zone-Arabic-AdamEve%2FAEALayout

1 Comment

  1. މުހައްމަދު says:

    މިހާރުގެ ގިނަ އަންހެނުން ލޯބިވެރިޔާއާއި ރައްޓެހިވެގެން އުޅޭއިރުދައްކަމުނަދާނީ ވަރަށްތެދުވެރި ރަގަޅު އަންހެއްގެގޮތެވެ .އިދެގެންވެސް ކުރީކޮޅުގައި އުޅޭނީ ހަމަމިގޮތަށެވެ. ނަމަވެސް ދަރިޔަކުލިބުމުން ދެން އޭނަގެ ޙަގީގި ސޫރަފެންނަންފަށާނެއެވެ.ކުރީގެގޮތެ މުޅިނއ ބަދަލުވާންފަށާނެއެވެ. އަދި މާގިނަދުވަހެއްނުވަނިސްފިރިމީހައާއި އަރާރުންވަންފަށައެވެ. ގޮތްދޫނުކުރުމުގެކުލަވަރިވެސް ފެންނަންފަށައވެ. މިހެންމިވާގޮތްކަމަށްލަފާކުރެވެނީ ދަރިޔަކުލިބުމުން ދެން ފިރިމީހާ އަޅުވެތި ކުރަންބޭނުންވަނީއެވެ.އޭނަޔަށްހީވަނީ ދެން އޮންނާނީ މސަގޭ ބާރުކަމަށެވެ. މިގޮތަށްއޭނަޔަށްނަސޭހަތްދޭ ނީ ގާތް ތިމަގެމީހުނާ ރައްޓެިނއްގެތެރޭގައިހިމެނޭ ދުވަސްވި އަންހެނުންނެވެ. އެމީހުންދެކެނީ ދސަރިޔަކު ލިބުމުން ދެން ފިރިމީހާގެމައްޗަށް އަބިމީހާގެ ނުފޫޒު ގަދަކުރެވޭނެކަމަށެވެ. މިގޮތަށް ދަށުނުލެވޭފިރިހެނުން ހަދާގޮތަކީ އަވަހަށް އެކަމުން ސަލާމަތްވަނިއެވެ.ނަމަވެސް މައްސަލަޔަކި ދަރިޔަކު ހުރީމައެވެ. ދަރިޔަކުލިބުމުން ގިނައަންހެނުން ފިރިމީހަގެ ފަރާތުން އެކަމުގެ އެޑްވާންޓޭޖްނަގަނީއެވެ.

Leave a Reply