ހިނައިގަންނަ ފެން

ސުވާލާއި ޖަވާބު | admin | December 2, 2009 at 10:18 pm

couples

ސުވާލު: ޖުނުބު ހިނެއިން ހިނައިގަންނަ ފެން އެއްގޮތަކަށްވެސް ނުސާފުވެފައި ހުރެގެން ނުވާނެތޯ އެވެ؟ އަދި ހިނައިގަތުމުގެ ކުރިން ވުޟޫކުރަން ޖެހޭނެތޯ އެވެ؟

ޖަވާބު:
ފެނަށް “ފެނޭ” ނުކިޔޭވަރަށް އޭގެ ކުލަ، ނުވަތަ ރަހަ، ނުވަތަ ވަސް ތަޣައްޔަރުވެފައި ނުވާނަމަ، އަދި އެޔަށް ނަޖިހެއް އެޅިފައި ނުވާނަމަ، އެއިން ހިނައި ޠާހިރުވުން ޞައްޙަވާނެ އެވެ.

ހިނައިގަތުމުގެ ކުރިން، ވުޟޫކުރުމަކީ ސުންނަތެކެވެ. އެއީ، ފަރުޟެއް ނޫނެވެ. މީގެ މާނައަކީ، ހިނައިގަތުމުގެ ކުރިން ވުޟޫކޮށްފިނަމަ، ޘަވާބާއި ދަރުމަ ލިބޭނެ އެވެ. އެކަމަކު، ހިނައިގަތުމުގެ ކުރިން ވުޟޫ ނުކުރުމަކީ، ހިނެއިން ފާސިދުވާ ކަމެއް ނޫނެވެ. އެބަހީ، ހިނެއިން ޞައްޙަވާނެއެވެ. ބޮޑު ޙަދަޘް ނުވަތަ ކުޑަ ޙަދަޘް އެރެގަތުމަށް ނިޔަތް ގަނެގެން މީހަކު ހިނައިގެންފިނަމަ، ނުވަތަ ނަމާދުކުރުމަށްޓަކައި ހިނައިގަތުމަށް ނިޔަތްގަނެގެން ހިނައިގެންފިނަމަ، ވުޟޫކޮށްގެން މެނުވީ ނުކުރެވޭ ހުރިހައި ކަމެއް އޭނާއަށް ކުރެވޭނެ އެވެ.

ޖަވާބުދެއްވީ: ފަޟީލަތުލް އުސްތާޛު، ޑރ. ޢަލީ ޖުމްޢާ.
މަޞްދަރު: ދާރުލްއިފުތާއިލް މިޞްރިއްޔާ.
<>

Leave a Reply