ޤުރުއާން ހިތުދަސްމީހުނަށް ލިބޭ ފައިސާގެ ޢިނާޔަތް
ފަތުވާ | admin | January 20, 2010 at 10:43 pm
ކީރިތި ޤުރުއާނަކީ މާތް ﷲ ގެ ކަލާމް ފުޅެވެ. ބަސްފުޅެވެ. ކިޔެވުން އަޅުކަމެއްގެ ގޮތުގައި ލެއްވުނު އެއްޗެކެވެ. ކީރިތި ޤުރުއާން ދަސްވުމަކީ ވަރަށް މަތިވެރި ނިޢުމަތެކެވެ. ކީރިތި ޤުރުއާން އުނގެނި އަދި އުނގަންނައިދޭ މީހުންނަކީ ވަރަށް މަތީމަޤާމެއް ﷲގެ ޙަޟުރަތުގައި ދެއްވާ ބައެކެވެ. ރަސޫލުﷲ ޞައްލﷲ ޢަލައިހި ވަސައްލަމް ޙަދީޘް ކުރެއްވިއެވެ. (( خيركم من تعلم القرآن وعلمه )) =رواه البخاري= މާނައަކީ؛ “ތިޔަބައިމީހުންގެ ތެރެއިން އެއްމެ ހެޔޮމީހަކީ ކީރިތި ޤުރުއާން އުނގެނި އަދި އެހެންމީހުންނަށް އެ ޤުރުއާން އުނގަންނައިދޭ މީހާއެވެ.”
އެއްވެސް އަޅުކަމެއް ލާރިއަށް ނޫނީ، ހަމައެކަނި އެހެންވެސް ދުނިޔެވީ ކަމަކަށް އެދި ކުރުމަކީ ހުއްދަ ކަމެއްނޫނެވެ. މިގޮތުން ޢިނާޔަތެއް ލިބޭތީ ހަމައެކަނި އެކަމުގެ ދަހިވެތި ކަމުގައި ޤުރުއާން ދަސްކުރުމަކީ ހުއްދަކަމެއް ނޫނެވެ. އެހެންނަމަވެސް އެހެންމީހުން ޤުރުއާން ދަސްކުރުމަށް ޝައުޤުވެރިކުރުވުމަށްޓަކައި، ޤުރުއާންދަސް ޙާފިޒުންނަށް ޢިނާޔަތެއްގެ ގޮތުން ފައިސާ ދެވި އަދި އެފައިސާ އެޙާފިޒުން ބޭނުން ކުރުމަކީ ފަހަރެއްގައިވެސް އެމީހުންގެ ޘަވާބުން ބައެއް މަދުވާނެކަމެއްނޫނެވެ. އިޚްލާޞްތެރިކަމާއެކު ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް ގެ ސުންނަތާ އެއްގޮތަށް އަޅުކަމެއް މުއުމިނަކު ކޮށްފިނަމަ އެކަމެއް އެކަލާނގެ ޤަބޫލު ކުރައްވާނެތެވެ.




Tweet This
Digg This
Save to delicious
Stumble it

